ގާސިމް އިބްރާހިމަށް އަނިޔާކޮށްފި ނަމަ އެއަނިޔާ ކުރެވެނީ ދިވެހި އެތައްހާސް ރައްޔިތުންނަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެއްޓްރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.
މިރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ އާރިފް ވިދާޅުވީ ގޯސް ނުހެއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާކަމަށެވެ.
"މިއަދު ރައީސް ޞާލިހަށް މި ނަސޭހަތް އަރުވަނީ މަނިކުފާނޭ ގޯސް ނުހައްދަވާށޭ. މަނިކުފާނު އެކަނިވެއްޖޭ ދެން އެކަނިވީމާ އަރާނެ ގޮޅި ހުސްވީމާ ދެން ތިބޭ އެންމެނަށް އަނިޔާ ކުރަން ނުހައްދަވާށޭ. ގާސިމް އިބްރާހިމަށް ހާއްސަގޮތެއްގައި އަނިޔާކުރީމަ އެވަނީ ދިވެހި އެތައް ހާސް އާއިލާއަކަށޭ ތި އަނިޔާ ކުރެވެނީ އެމަނިކުފާނުގެ ކުންފުނީގައި އެކަނިވެސް ހައެއްކަ ހާސް މުވައްޒަފުންވޭ އެ ހައެއްކަ ހާސް މުވައްޒަފުން ގުނަ ހަތަރެއް ކިހާވަރެއްވަނީ ސައްވީސް އަޅުގަނޑަށް އަނެއްކާ ނުބައި ހިސާބެއް ކިއިދާނެ އަޅުގަނޑުގެ އަހަކުވެސް ކުރީގައި ނުބައި ހިސާބެއް ޖެހި އެވެސް ދޫ އޮޅިގެން." އަލީ އާރިފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ގާސިމަކީ ތެދުވެރިއެއްކަމަށާއި ތެދުވެރި މީހަކަށް ކަމެއް ހަވާލުކުރާނަމަ އެމަނިކުފާނާއި ހަވާލުކުރެއްވުމަށެވެ. އަދި ދުނިޔޭގެ ސިޔާސީ ވެރިންވެސް ބައެއް ޒާތީ މައުލޫމާތުތައް ސިއްރު ކުރެއްވި ނަމަވެސް އެމަނިކުފާނު އިހްތިޔާރު ކުރެއްވީ ތެދުވެރިކަން ކަމަށެވެ.
ގާސިމުއަތުން ލާރިކާމީހުންނައް ވާނިގެއްލުން ގާސިމު ބޮލައްވަދެ ލާރިކާކޮންމެމީހަކުތިހެންބުނާނެ މިފަހަރުވެސް ގާސިމައް ލިބޭނީކޮޅުކެހި