ލޯބިވެރިޔާ އަށް ވަޅިން ބިރުދެއްކި މީހަކު ހައްޔަރުކޮށްފި

ލޯބިވެރިޔާ އަށް ވަޅިން ބިރުދެއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިިޔައިރު، އެއީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
"މީނާ އާއި ވިކްޓިމްއާ ދެމެދު ލޯބީގެ ގޮތުން ގުޅުމެއް އޮތްކަން މީނާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭ" ކްރިމިނަލް ކޯޓުން މިއަދު އާއްމުކުރި ކޯޓު އަމުރުގައި ބުންޏެވެ.
ކޯޓު އަމުރުގައިވާ ގޮތުން ބިރުދެއްކީ ރުޅިއައިސްގެން ގޮސް ހިނގި ޒުވާބެއްގެ ތެރެއިންނެވެ.
ދިފާއުގައި އެ މީހާ ބުނީ އޭނާ އަތުން ފެނުނު ވަޅި އަކީ ޑައިވިންއަށްދާއިރު ބޭނުންކުރާ ވަޅިއެއް ކަމަށެވެ.
ވިކްޓިމް އަށް އަނިޔާކޮށް އެ ކުށް ތަކުރާރުވެދާނެތީ ކޯޓުން ވަނީ 30 ދުވަހަށް އެ މީހާ ބަންދުކޮށްފަ އެވެ.