ފިހާރައެއް ފަޅާލައި ގަހަނާތަކެއް ނެގި މީހަކު ބަންދަށް

މާލޭގެ ފިހާރައެއް ފަޅާލައި ގަހަނާތަކެއް ވަގަށް ނެގި މީހަކު ބަންދުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޗަމްޕާ މަގުގައި ހުންނަ ޕެންޒީ ފިހާރައިން ވައްކަން ކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ވައްކަމުގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރުކުރީ މިއަދެވެ.
ޕެންޒީ ފިހާރައިން އޭނާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގަހަނާތަކެއް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.

Ads by Ooredoo