އެމްޑީޕީއަށް ސުމެއް، ރަސްމާދޫ ގޮނޑި އަމިއްލަ ކެންޑިޑޭޓަށް

މިއަދު ބޭއްވި ބައި އިލެކްޝަންތަކުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ނާކާމިޔާބު ވެއްޖެ އެވެ.
ނިމިދިޔަ ފަސް އަހަރު ވެރިކަން ކުރި އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ މިއަދު ބޭއްވި ހަ ބައި އިލެކްޝަންގެ ތެރެއިން ފަސް ބައި އިލެކްޝަންގައި ވާދަކޮށްފަ އެވެ. އެއީ، މާލެ ސިޓީ ކައުންސިލްގެ ތިން މެމްބަރުންނާއި، ފ ބިލެތްދޫ ކައުންސިލް ރައީސްގެ އިތުރުން ކުޅުދުއްފުށީ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަނެވެ.
މިއަދު ހެނދުނު 8 އިން 4 އަކަށް ކުރިއަށްދިޔަ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓުން ނާކާމިޔާބުވީ ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނާއި ވާދަކޮށްގެން ނެވެ. އެގޮތުން އެ ގޮނޑިތައް ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަކީ:
- މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ: ޝައުފާ ސަލީމް
- މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާ: ފާތިމަތު އިޝާން އަލީ
- މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ: އަލީ އައިމަން
- ފ. ބިލެތްދޫ ކައުންސިލްގެ ރައީސް ކަމަށް އަރީހު އިސްމާއީލް
- ހދ. ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރަކަށް ޕީއެންސީގެ ކެންޑީޑޭޓް އިބްރާހީމް އަހުމަދު
ދެން ބޭއްވި ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރުގެ އިންތިހާބަށް އެމްޑީޕީން ވާދައެއް ނުކުރެ އެވެ. އެ އިންތިހާބުގައި އަމިއްލަ ގޮޮތުން ވާދަކުރެއްވި ކެންޑިޑޭޓް އާއިޝާތު ޝަރަފިއްޔާ ވަނީ ކޮންގްރެެސް ޕާޓީގެ ކެންޑިޑޭޓް ޝަމްލާ ވާފިރުގެ މައްޗަށް ކުރި ހޯއްދަވައި ގޮނޑި ކާމިޔާބުކުރައްވާފަ އެވެ.
މި ބައި އިލެކްޝަންގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ލިބުނުއިރު ނިމިދިޔަ ރިޔާސީ އިންތިހާބާއި އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެ ޕާޓީއަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހުނެވެ.