ޑެޕިއުޓީ މިނިސްޓަރު މުނައްވަރު ދައުލަތާ ދެކޮޅަށް ވަކާލާތުކުރާ މައްސަލަ ބަލަނީ

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު އިބްރާހީމް މުނައްވަރު ދައުލަތާ ދެކޮޅަށް ވަކާލާތުކުރާ މައްސަލަ ބަލަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މި މައްސަލަ ފެންމަތިވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެކޮޅަށް ޓާކްސް ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކުން ހުށަހަޅާފައިވާ މައްސަލައާ އެކު އެވެ. މުނައްވަރު މި މައްސަލައިގައި ވަކާލާތުު ކުރައްވަނީ ޓާކްސް އާ އެއްކޮޅަށެވެ.
މީރާ އަކީ ދައުލަތުން ތަމްސީލުކުރާ އިދާރާއަކަށްވާއިރު، ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ދައުލަތާ ދެކޮޅަށް މުނައްވަރަށް ވަކާލާތު ނުކުރެއްވޭނެ ކަމަށް ބުނެ މީރާއިން ވަނީ ހައިކޯޓުގައި އިއުތިރާޒެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފަ އެވެ. މިގޮތަށް މީރާއިން އިއުތިރާޒް ހުށަހެޅީ މަސްލަހަތު ފުށު އަރާ ކަން ފާހަގަކުރުމަށްފަހު އެވެ.
" މި ފަދަ މައްސަލަތައް ދިމާވަމުން ދާތީ ސަރުކާާރުން ގެންދަނީ އެކަންތައް ބަލަމުން. " އޭނާ ވިދާޅުވި އެވެ.