ޚަބަރު ރައްޔިތުންގެ މަޖިލިސް

އިސްލާމީ ޝަރީއާ އިން ޑިގްރީއެއް އޮތް ނަމަ ގާނޫނީ ވަކީލުގެ ހުއްދަދޭން ގޮވާލައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މެންބަރު ޑރ އަނާރާ ނައީމް

އިސްލާމީ ޝަރީއާ އިން ލޯ ގެ ޑިގްރީއެއް އޮތް ނަމަ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދޭން ގޮވާލައިފި އެވެ.

Ads by Sosun Fihaara

މިގޮތަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގޮވާއްލެއްވީ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމެވެ.

އަނާރާ ކަންބޮޑުވުން ފާޅުކުރެއްވީ ގާނޫނީ ވަކީލަކަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ރޮނގުން ތައުލީމު ހާސިލުކުރުން ހިމެނޭއިރު، އޭގެ ތެރޭގައި އިސްލާމީ ޝަރީއާ ތައުލީމު ހާސިލުކުރުން ނުހިމެނޭތީ އެވެ. އޭނާ ވިދާޅުވީ އެގޮތަށް، މިހާރު ބަހުސްކުރަމުންދާ ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު އިސްލާހުކުރަން ޖެހޭ ކަމަށެވެ.

"ސަބަބަކަށް ވަނީ ޝަރުއީ ދާއިރާ ހަގީގަތުގައި ވަރަށް ބޮޑަށް ގުޅުން އޮންނާނެ އިސްލާމީ ޝަރީއަތާ. ކީރިތި ގުރުއާނުގައި ވެސް ވަރަށް ގިނަ ހުކުމްފުޅުތައް އައިސް އެބަހުރި ވަރަށް ގިނަ ހައްދުތައް، ކުށްތަކަށް އެ އުގޫބާތް ދޭނެ ގޮތްތައް ޖުމްލަ ގޮތެއްގައި އައިސްފަ އެބަހުރި، ކީރިތި ގުރުއާނާ ސުންނަތުގައި. އެހެންވީމާ އެބައިތައް އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކޮންމެ ގާނޫނީ ވަކީލަކަށް ވެސް." އަނާރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރަކަށް ވެވެނީ ގާނޫނީ ވަކީލުކަން ކޮށްގެން ކަމަށްވާއިރު ހުކުމްތައް އިއްވާ ފަރާތްތައް އިސްލާމީ ޝަރީއާގެ ރޮނގުން ތައުލީމު ހާސިލުކޮށްގެން ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"އެއީ ފުރަތަމަ ގާނޫނީ ވަކީލަކަށް ވެގެން ހަގީގަތުގައި ފަނޑިޔާރަކަށް ވެސް ވެވެނީ. އެހެންވީމާ ވަރަށް މުހިއްމު އެގޮތަށް އޮތުން، އޭރުން އިސްލާމީ ޝަރީއަތުގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް ޝަރުއީ ދާއިރާއަށް ވަނުމުގެ ފުރުސަތު އޮންނާނީ." އޭނާ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!