މިސްކިތްތަކުގައި ގާރީ ކްލާސްތައް ހިންގުމުގެ ހުއްދައަށް އެދެން ހުޅުވައިލައިފި

މިސްކިތްތަކުގައި ގާރީ ކްލާސްތައް ހިންގުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިސްކިތްތަކުގައި ހިލޭ ސާބަހަށް ގުރްއާން ކްލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ގުރްއާން މުދައްރިސުންނަށް އެ ފުރުސަތު ހުޅުވައިލާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެކަމަށް އެދި ފޯމު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ފޯމު ހުށައެޅޭނެ އެވެ. އެކަމަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު ހަމަވާނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ 14:00 ގަ އެވެ.
ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކްލާސްތައް އިތުރު ކުރާއިރު އެ ހިދުމަތް ސަރުކާރުން މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.