ޚަބަރު

ޖުލައި މަހު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރާއި ހޭދަކުރި ދުވަސްތައް 99 އިންސައްތަ ދަށަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލިފަހުން، ރާއްޖެއައި ފަތުރުވެރިންގެ އަދަދާއި ހޭދަ ކުރި ދުވަސްތައް 99 އިންސައްތަ ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މިދިޔަ މަހު ނެރުނު ޖުލައި މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތައް އަލުން ވަނީ ފެށިފައެވެ.

ނަމަވެސް ރާއްޖެ އަންނަ ފަތުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން ދަށް ކަމަށާއި މިއީ ކޮވިޑް-19 އާއި ގުޅިގެން ބައިނަލްއަގުވަމީ ފަތުރުވެރިކަމަށް ދިމާވި ގޮންޖެހުންތަކާއި ގުޅިގެން ދިމާވި ކަމެއް ކަމަށް ވެސް އެމްްއެމްއޭއިން ބުނެފައިވެއެވެ.

ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނައިން އައިސްފައިވަނީ ޔޫރަޕުންނެވެ.

ފަތުރުވެރިން މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖޭގައި ހޭދަ ކުރި ދުވަސްތަކާއި އަޅާބަލާއިރު 79 އިންސައްތަ ވަނީ ދަށްވެފައެވެ. އޮކިއުޕެންސީ ރޭޓަށް ބަލާއިރު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު، 53 އިންސައްތައިން 5 އިންސައްތައަށް ދަށްވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހާ ހަމައަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު، މުޅި އަހަރަށް ބަލާނަމަ 61 އިންސައްތަ ވަނީ ދަށްވެފައެވެ. އަދި ބެޑްނައިޓްސްގެ އަދަދު ވަނީ 56 އިންސައްތަ ދަށްވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!