ޚަބަރު

ފްލެޓް ކުލިން 20 ޕަސެންޓް އުނިކުރި ފަހުން ވެސް ގިނަ ބަޔަކު ކުއްލި ނުދައްކާ!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީކުރި ހިޔާ ޓަވަރުތައް

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށް ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލިން 20 ޕަސެންޓް އުނި ކުރި ފަހުން ވެސް ގިނަ ބަޔަކު ކުއްލި ނުދައްކާ ކަން ފާހަގަކޮށް ހައުސިން މިނިސްޓްރީން ބަޔާނެއް ނެރެފި އެވެ.

Ads by STELCO

ފްލެޓްތަކުގެ ކުލި ބޮޑު ޝަކުވާ އަބަދުވެސް އޮންނާތީ ރައްޔިތުންގެ ތަކުލީފަށް ލުޔެއް ދިނުމުގެ ގޮތުން 20 ޕަސެންޓް އުނިކުރީ މި ސަރުކާރުންނެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދީފައިވާ އެ ލުޔަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ނަމަވެސް އަދިވެސް ގިނަ ފަރާތްތަކުން ކުލި ދައްކަމުން ނުދާ ކަން ފާހަގަކޮށް ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ފަރާތްތަކުގެ ހައުސިން ޔުނިޓް ބޭނުން ކުރެވެމުންދާ ގޮތް ވެސް ގާތުން އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.

އަދި ގަވާއިދުން ކުލި ނުދައްކާ ފަރާތްތަކުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

  1. ނޒޱބޱބ

    ނުދައްކާނެދޯ އެއްބަޔަކަށް ހިލޭ އެއޮއް އަގުބޮޑު ބިމްބަހާލީމަ

  2. ޛުހަަަަަަާ

    ނުދަަކާތި

  3. ޢަމިލް

    ބަޔަކަށް ހިލޭ ބިންދީގެނެއް ނޫން ބައެއް މީހުން ކުލި ނުދައްކަނީ. ބޮޑު ލޯނެއް ބޮލު އަޅައިގެން ތަން ހަދަންޖެހުނީމަ.
    ޚުލިން 20% ނުކެނޑިޔަސް ލޯނު ކަނޑާލިނަމަ ދައްކާވަރު އިތުރުވާނެ.