ޚަބަރު

މި ދަތި ވަގުތުގައި ވެސް ރައީސް ސޯލިހް ހުންނެވީ ވަރަށް ގަދަކޮށް: ޖާބިރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް19 ގެ ސަބަބުން ކުރިމަތިވެފައިމިވާ ދަތި ހާލަތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ވަރަށް ގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަވަހާރަވުމާއި ގުޅިގެން މަޖިލީހުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވަން ރައީސް ސޯލިހް ވަޑައިގެން ނެވުމުން ރައީސްއާ ބައްދަލުކުރެއްވުމަށްފަހު، ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާ ކަމަށާއި މި ދަތި ވަގުތުގައިވެސް ރައީސް ސޯލިހު ހުންނެވީ ވަރަށް ގަދަކޮށްކަމަށެވެ.

އަދި ރައީސް ސޯލިހުގެ ޒައާމަތުގައި ދިވެހި ރާއްޖޭގެ އިގްތިސާދު އިންތިހާއަށް ކުރިއަރާ ދިއުމަކީ އެންމެ ބޮޑު އުންމީދު ކަމުގައި ވެސް ޖާބިރު ވިދާޅުވިއެވެ.

" އެކަމުގައި ބައިވެރިއަކަށް ވާން، އެހީތެރިވެދޭން މިހިރީ ތައްޔާރަށް " ޖާބިރު ވިދާޅުވެއެވެ.

ޖާބިރު މިފަދައިން ރައީސަށް ތައުރީފު ކުރެއްވިއިރު، ދާދި ފަހުން ޖާބިރު ވަނީ މި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި ރައީސް ސޯލިހު މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވާފައެވެ. ޖާބިރު އަންނަނީ ކޮވިޑް19 ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ފެށުނީއްސުރެ ފާޑު ވިދާޅުވަމުންނެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!