ޚަބަރު

ޔާމީނަށް ވެރިކަން މަގުމަތިން ވައްޓައެއް ނުލެވޭނެ، އެކަމެއް ނުވާނެ: އަބްދުއްރަހީމް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރޭގެ ޖަލްސާގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ

ބަންގްލަދޭޝަށް ހެދިހެން މި ގައުމަށް ހަދަން ދިމާނުކުރުމަށާއި އެކަން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން, އަބްދުއްރަހީމް މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ބަންގްލަދޭޝްގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެ ގައުމުގައި ކުރި މުޒާހަރާތައް ހޫނުވެ، އެގައުމުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވަނީ އިސްތިއުފާ ދެއްވާ، ގައުމުން ފިއްލަވާފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ އެފަދަ ކަމެއް ރާއްޖޭގައި ނުވާނެކަމަށް ވިދާޅުވަމުން އަބްދުއްރަހީމް ވާހަކަފުޅު ދެއްކެވީ ހ.ވެޔޮވިލާ ގައި ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު އިސްތިއުފާ ދިނުމުން ލީޑަރުން ނިކުމެ އެހެން ހަދަން ވިސްނެވި ކަމަށެވެ.

"ބަލަ ހިތްވަރެއް ނުހުންނާނެ. ހިތްވަރެއް ނުހުންނާނެ" - އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މުޒާހަރާއަކަށް ނިކުންނަ އުޅެފިނަމަ ރައީސް ޔާމީން އެންމެ އަރިހުގައި އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދު ނުފެންނާނެ ކަމަށެވެ.

"ރައީސް ޔާމީނަކީ އާންމުކޮށް މިހެން މަގުމައްޗަށް ނުކުމެ ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅެއް ނޫނޭ. އަޅުގަނޑުމެންނަށް ނޫންތޯ އެނގޭނީ، ސޯޓުބުރި ލައްވައިގެން ގޭގައި އިންނާނީ" - އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ދިވެހި ލޭ ހިނގާ ދިވެހި ދަރިން ތިއްބާ ބަންގްލަދޭޝްއަށް ހެދިހެން މި ގައުމަށް ނުހެދޭނެ ކަމަށެވެ.

"ދެން އެހެންވީމަ އަޅުގަނޑު މިދަންނަވަނީ ބަންގްލަދޭޝްއަށް ހެދިހެން މި ގައުމަށް ހަދަން ދިމާނުކުރައްވާށޭ. އެކަމެއް ނުކުރެވޭނެ، ދިވެހި ލޭ ހިނގާ ދިވެހި ދަރިން އެބަތިބި މީގެ ތެރޭގައި" - އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ގައުމުގެ މިނިވަންކަމާއި އަމާންކަމާއި ރައްކާތެރިކަމާއި އިސްތިގުލާލު އަދި ރައްޔިތުންގެ ފުދުންތެރިކަމާ ހިސާބަށް ދިއުމުން މަޑުން ނުތިއްބަވާނެ ކަމަށެވެ. އަދި ކުރިމަތިލައްވަން ކެރިވަޑައިގަންނަވާނެ ކަމަށާއި ބުނަން ޖެހުނު ކޮންމެ ބަހެއް ވިދާޅުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާގައި ހިނގާދިޔަ ކުރިމަތިލުންތަކުގައި ގިނަ ބަޔަކު މަރުވެ, ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ހަމަނުޖެހުމުގައި މަޖުބޫރުވެވަޑައިގެން ޝައިހު ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިހާރު ހުންނެވީ އިންޑިއާގެ ހިމާޔަތުގައި އެ ގައުމުގަ އެވެ. އަދި ހަސީނާ އިންޑިއާގައި ހުންނަވަނިކޮށް ރިޔާސީ ގަނޑުވަރަށް އާންމުންގެ ގިނަ ބަޔަކު ވަދެ އެތަނުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ނެރެގެން ގެންގޮސްފައިވާތަން ވީޑިއޯތަކުން ފެނެ އެވެ.

Ads by Allied Insurance
  1. އެހެންތޭ

    އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް

  2. ޓިނޭ

    ބޮޑާބަސް ބުނެފައި އުޅޭ ހުރިހާ ދީވާނާއިން ތިރި ކުރައްވަނީ ﷲ ތަޢާލާ