ޚަބަރު

ކްރިމިނަލް ކޯޓުގެ ޝަރީއަތް ތަކުގައި ފޯނާއި ލެޕްޓޮޕް ގެންގުޅުމުގެ ހުއްދަ ދީފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކްރިމިނަލް ކޯޓުގައި ކުރިއަށް ދާ ޝަރީއަތްތަކުގައި، ފޯނާއި ލެޕްޓޮޕް ގެންގުޅުމުގެ ހުއްދަ ވަކީލުންނަށް ދިނުމަށް މިއަދު އެކޯޓުން ވަނީ ނިންމާފައެވެ.

Ads by Hajj Corporation

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ވަނީ، ކޮވިޑު-19 ފެތުރުން އާންމުވެފައިވާ މި ދަނޑިވަޅުގައި، އެކޯޓުން ކަރުދާސް ބޭނުންކުރާ މިންވަރު ކުރުމަށް، ލިޔުންތަކުގެ ޑިޖިޓަލް ކޮޕީ ބޭނުން ކުރުމުގެ ފުރުސަތު ވަކީލުންނަށް ދިނުމަށްޓަކައި، ލެޕްޓޮޕާއި، ފޯނާއި، ޓެބްލެޓު ގެންގުޅުމުގެ ހުއްދަ އެ ކޯޓުގެ ވަކީލަުންނަށް މިއަދުން ފެށިގެން ދެވިގެން ދާނެކަމަށެވެ.

އެގޮތަށް ހަމަޖެއްސީ ތާވަލް ކަނޑައެޅުމަށް ވަކީލުންނާ މަޝްވަރާ ކުރުމަށްޓަކައި، މިފަދަ ވަސީލަތްތައް ޝަރީއަތަށް ނުވެއްދި ތާވަލް ބެލުމަށްޓަކައި އަޑުއެހުންތައް މެދު ކަނޑާލަންޖެހޭތީއާއި މިކަމުގެ ސަބަބުން ކޯޓުގެ ވަގުތުތަކެއް ގެއްލިގެން ދާތީއެވެ. އަދި ލެޕްޓޮޕާއި ޓެބްލެޓާއި ފޯނު ވެއްދުމުގެ ފުރުސަތު ދޭން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށްއެ ބަޔާނުގައިވެ އެވެ.

އެބަޔާނުގައި ވާގޮތުން ޝަރީއަތަށް މިފަދަ ވަސީލަތްތައް ވެއްދި ކަމުގައިވީ ނަމަވެސް ފޮޓޯނެގުމާއި ރެކޯޑު ކުރުމަކީ މުޅިން މަނާކަމެއްކަމަށެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެފަރާތަކާ ދޭތެރޭ ފިޔަވަޅު އެޅިގެންދާނެ ވާހަކަވެސް އެ ބަޔާނުގައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!