މޭޔަރު ނަޒީރުގެ ތައުރީފް; ސަރުކާރުގައި ތިބީ ގާބިލް, ކުޅަދާނަ ބައެއް, އައްޑޫގެ ތަރައްގީއަށް ހުރަރެއްހެތް
އައްޑޫ ސިޓީގެ ތަރައްގީއަށް މިސަރުކާރުގައި ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މި ސަރުކާރުގައި އިސްވެރިންނަކީ ކަމަށް ގާބިލު ކުޅަދާނަ ބައެއް ކަމަށް ވިދާޅުވެ, އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
އެމްޑީޕީ ޓިކެޓްގައި އައްޑޫގެ މޭޔަރުކަމުގައި ހުންނެވި މޭޔަރު ނިޒާރު މިހެން ވިދާޅުވީ, އައްޑޫގައި އިންޑިއާގެ ލޯނު އެހީގައި ހިންގި ތިން މަޝްރޫއެއް އިފްތިތާޙް ކުރުމާށް ބޭއްވި ތަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
"ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ތިއްބެވީ ޤާބިލް ކުޅަދާނަ މިނިސްޓަރުން. ސަރުކާރުގައި އެބަތިއްބެވި ހީވާގި ކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅުން. އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ އައްޑޫ ސިޓީގެ ތަރައްޤީއަށް ތާއަބަދު ވަކާލާތު ކުރެއްވި ބޭފުޅުން. އެއްވެސް ހުރަހަހެއް, އައްޑޫއަށް ތަރައްޤީ ލިބިގަތުމަށް, އެއްވެސް ހުރަހެއް ނެތް" ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ, އައްޑޫ ސިޓީގެ ތަރައްްގީގެ ކަންކަމުގައި ކައުންސިލުން ކަންތައް ކުރައްވާނީ ސަރުކާރާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ. އެގޮތުން އައްޑޫގައި އަލަށް ހިއްކި ބިމުގެ ލޭންޑް ޔޫސް ޕްލޭން މިހާރު ނިމުމަކާ ގާތް ވެފައިވާ ކަމަށާއި, އައްޑޫގެ ތަރައްޤީގެ ދުވެލި ލޭންޑް ޔޫސް ޕްލޭން ނިމި އަމަލު ކުރަން ފެށުމުން ހަލުވި ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.