ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒު މަގާމުން ވަކިކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ރަމީޒު

ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުން އާދަމް ރަމީޒު ވަކިކޮށްފި އެވެ.

Ads by STELCO

އެކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ދެން އޮންލައިން" އަށް ޔަގީންކޮށްފަ އެވެ.

ރަމީޒް މަގާމުން ވަކިކުރުމުގެ ކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައި އޭނާގެ ކުރީގެ އަނބިކަނބަލުން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ މައްސަލައެއް ފެންމަތިވި އެވެ.

އެކަން ފެންމަތިވުމާއެކު ޖޫން މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށްވެސް ރަމީޒު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އެހެން ނަމަވެސް އެއީ ސީދާ ސިހުރުގެ އެ މައްސަލައާ ގުޅިގެން ކަމަށެއް ނުވަތަ ނޫން ކަމެއް ޔަގީނެއް ނުވެ އެވެ.

ރަމީޒު މަގާމުން ވަކިކޮށްފައިވަނީ ޝަމްނާޒްގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމާފައި ވަނިކޮށެވެ.

އިތުރު ދެ މީހެއްގެ ބައިވެރިވުމާއިއެކު ޝަމްނާޒް ސިހުރު ހެދިކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ތިން މީހުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 23 ގަ އެވެ. އަދި އެ ތިން މީހުންގެ ބަންދަށް އޭރު ހަތް ދުވަސް ޖެހި އެވެ.

އެ މުއްދަތު ހަމަވުމުން އޭގެ ތެރެއިން އެކަކު ބަންދުން ދޫކޮށްލި ނަމަވެސް ޝަމްނާޒާއި އިތުރު މީހެއްގެ ބަންދު މިދިޔަ މަހުގެ 1 ވަނަ ދުވަހު 7 ދުވަހަށް އިތުރުކުރި އެވެ. ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ މަހުގެ 13 ވަނަ ދުވަހު ޝަމްނާޒް ވަނީ ދޫކޮށްލާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!