ޚަބަރު އިޖުތިމާޢީ

ބުޅާ މަހުން ކާ އެއްޗެހި ހެދި މީހާ ހައްޔަރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މާލޭގައި އެކި ތަންތަނުން ބުޅާ ހިފައި އެތަަކެތި މަރައި، ކާއެއްޗެހި ހެދި މީހާ ކަމަށް ބުނާ ބަންގްލަދޭޝް މީހާ މިއަދު ހައްޔަރުކޮށްފި އެެވެ.

Ads by STELCO

ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލައިގެ ތުހުމަތު ކުރެވޭ، އަރަފާތު ހޮސެއިން (32އ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 10:36 ހާއިރު ކަމަށެވެ.

އެހެންނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ ކޮންތަނަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެ މީހާ ހޯދުމަށް އިމިގްރޭޝަނުން ރޭ ވަނީ އިއުލާނު ވެސް ކޮށްފަ އެވެ.

"ދެން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުން އަރަފާތު ވަނީ އޭނާ ދިރިއުޅެމުން އަންނަ ގ. ރަނައުރާގެ އާގެއަށް ރޭ ގޮސްފަ އެވެ.

މި މައްސަލަ ފެންމަތިކުރީ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން ކިޔާ އެންޖީއޯ އަކުންނެވެ. އެ ތުހުމަތު އަރަފާތަށް ކޮށްފައި ވަނީ އޭނާ ވޯކް ޕާމިޓްގެ ފޮޓޮއަކާ އެކު އެ ޖަމިއްޔާއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގަ އެވެ. ބުނީ އޭނާއަކީ "ބުޅާ މަރައި، ކައްކާ އެ ތަކެތިން ކާތަކެތި ތައްޔާރުކުރާ މީހެއް،" ކަމަށެވެ.

އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނެފައި ވަނީ އެ މީހާ ދިރިއުޅޭ ގެކައިރިން ބުޅަލުގެ މަހުގެ ބައިތައް ފެނިފައިވާ ކަމަށެވެ. އޭނާއަކީ ބާގާ އާއި ސަބްމެރިން ވިއްކާ މީހެއް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!