ޚަބަރު

ބޭނުންކުރެވޭ ރިޒާވް މި މަސް ނިމޭއިރު އިތުރުވާނެ، ފަތުރަނީ ދޮގު: އެމްއެމްއޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމްއެމްއޭ ހިންގާ އިމާރާތް / ފޮޓޯ: ދެން

ބޭނުންކުރެވޭ ޑޮލަރު ރިޒާވު އެއްކޮށް ހުސްވެފައިވާ ކަމަށް ބުނެ މީޑިއާއަކުން ފެތުރި ހަބަރު ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދޮގުކޮށްފި އެވެ.

Ads by Sosun Fihaara

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ހުސްވީ މިއަދު އެވެ.

އެ ވާހަކަތައް ދޮގުކޮށް އެމްއެމްއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ހަބަރަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމެނޭ ހަބަރެއް ކަމަށެވެ.

ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދާނީ މަހުން މަހުން ބަރާބަރަށް ޝާއިއުކުރަމުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

"ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ" އެމްއެމްއޭގެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން އެފަދަ ކަންތައްތަކާއި ގުޅޭ ހަބަރުތައް ހަގީގަތާއި ހިލާފަށް ގެނެސްދިނުމަކީ ކަންބޮޑުވާކަމަށް އެމްއެމްއޭއިން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!