ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 20 ކިއޮކްސް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ކިއޮސްކް - ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 20 ކިއޮކްސް ކުއްޔަށް ހިފުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ކަމަށް އެދި ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

Ads by MPL

ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުންދާ ކުންފުނި، އެޗްޑީސީން ދެންމެ ކުރި އިއުލާނުގައިވާ ބުނެފައިވާ ގޮތުން އެ 20 ކިއޮކްސް ކުއްޔަށް ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދާ ގުރުއަތު ލުމަކުންނެވެ.

އޭގެ ފޯމު ދޫކުރަމުން ދާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ސެޕްޓެމްބަރު ފަސްވަނަ ދުވަހުގެ ދެމެދުވާ މުއްދަތުގައި ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 2:00 އަށް އެޗްޑީސީގެ ރިސެޕްޝަނުންނާއި ސެންތްރޯ މޯލްގެ ގްރައުންޑް ފްލޯއިންނެވެ.

ފޯމު ހުށަހަޅަން ޖެހެނީ ވެސް އެ ތަނަށެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވަނީ ވެސް ސެޕްޓެމްބަރު ފަސްވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ.

ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ކުއްޔަށް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތު ނެގުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ހެނދުނު 9:00 ގަ އެވެ. ބާއްވާނެ ތަނެއް ފަހުން އިއުލާން ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

 

  1. Ny weekly Hi there to all, for the reason that I am genuinely keen of reading this website’s post to be updated on a regular basis. It carries pleasant stuff.