ރައީސް ވަހީދު ފުލުހަށް ހާޒިރުވާން އަންގައިފި

އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާ އާ ގުޅިގެން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އަނެއްކާ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.
އެގޮތުން ރައީސް ވަހީދު މިއަދު 16:00 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
އިދިކޮޅުން ބޭއްވި ސައިކަލު ބުރާ ގުޅިގެން އޮގަސްޓު 30 ވަނަ ދުވަހު ވެސް ރައީސް ވަހީދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
އެ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވީ އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތުކޮށެވެ.
އަދި ފުލުުހުންގެ އިދާރާއަށް ހާޒިރު ކުރުމަކީ ސިޔާސީ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.