ޚަބަރު

ސެންޓްރަލް ޖަލާއެކު ގައިދީންގެ ބޮލަކަށް ޖެހޭ ހަރަދު 17,000 ރުފިޔާއަށް ކުޑަވާނެ: އިހުސާން 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހޯމް މިނިސްޓަރު އަލީ އިހުސާން

އަލަށް ގާއިމްކުރާ ސެންޓްރަލް ޖަލު ހެދުމުން ގައިދީންގެ ބޮލަކަށް ޖެހޭ ހަރަދު 17,000 ރުފިޔާއަށް ކުޑަވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިހުސާން އެހެން ވިދާޅުވީ ހެނދުނު ކ. މާފުށީގައި ހުންނަ ޖަލުގެ ގޯތިތެރޭގައި ހެދި "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޖަލު ހިންގުމުގެ ހަރަދު ބޮޑުކަން ފާހަގަކުރައްވާ ކޮމިޝަނަރު އޮފް ޕްރިޒަން ހަސަން ޒަރީރު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާ އިހުސާން ވިދާޅުވީ މިހާރު ޖަލު ހިންގަމުންދާ ނިޒާމުގެ ތެރެއިން ކޮންމެ ގައިދީއަކަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 27,000 ރުފިޔާ ހަރަދުވާ ކަމަށެވެ.

އިހުސާން ވިދާޅުވީ އެކަމަށް ދިރާސާއެއްކުރުމަށްފަހު ރާއްޖޭގެ އެއް ސެންޓްރަލް ޖަލު ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އަދި މިހާރު ހިއްކަމުންދާ ސަރަހައްދުގެ ތެރެއިން ބްރިޖުން ގުޅޭ ތަނަކުން ސެންޓްރަލް ޖަލެއް ކަނޑައެޅިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެތަން ހެދި, ތިން އަހަރު ތެރޭގައި ހިދުމަތަށް ގެނައުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާނެ ކަމަށެވެ.

"އެ ހިސާބުން ބޮލަކަށް ޖެހޭ ހަރަދު ގާތްގަނޑަކަށް 17,000 ރުފިޔާއަށް ކުޑަވެގެންދާނެ ކަމަށް އަޅުގަނޑުމެންގެ މިހާރުގެ ހިސާބު ކިތާބުތަކުން ދައްކަނީ"

އިހުސާން ވިދާޅުވީ އުންމީދުކުރާ ގޮތަކީ ޖަލުތަކަށް ކުރެވޭ ހަރަދުތައް ކުޑަކޮށް ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރުން ކަމަށެވެ.

އަދި ޖަލުތަކުގެ ތެރެއިން މީހުން އަވަހަށް ރިހިބިލިޓޭޓްކުރެވޭނެ މަގުތައް ހޯދުމާއި ޖަލުތަކުގައި ބޭކާރު ގޮތުގައި މިކުރާ ހަރަދުތައް ކުޑަކުރުމަކީ އުންމީދުކުރާ ގޮތް ކަމަށް އިހުސާން ވިދާޅުވި އެވެ.

3000 މީހުންގެ ޖާގައިގެ ސެންޓްރަލް ޖަލު ތަރައްގީކުރަން ނިންމާފައިވަނީ އުތުރު ތިލަފަޅުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!