ރިޒްގެ މައްސަލަ: ޑީޕޯޓްކުރީ ވަޒީފާއަކަށް ރާއްޖެ އައި މީހަކު އަމިއްލައަށް ވިޔަފާރި ކުރާތީ
ގަވާއިދާއި ހިލާފަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން ދިޔަ ރަޖަނީ ޝްރެސްތާ (އާންމު ނަމުންނަމަ ރިޒް) އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފީ, ވިސާއާ ޚިލާފުވުމުން ކަމަށް ހޯމްލޭންޑް މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވެއްޖެވެ.
"ސެލޫން ބާއި ރިޒް" ގެ ނަމުގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން ދިޔަ ރިޒްއަކީ ސޯޝަލް މީޑިއާގައި ވަރަށް ފުޅާކޮށް އިޝްތިހާރުވެސް ކުރަމުން ދިޔަ މީހެކެވެ. އޭނާގެ ސެލޫން ހިދުމަތްތަކަށް ދިވެހިންގެ ގިނަ ބައެއްގެ ތަރުހީބު އޮތެވެ. ރިޒް ޑީޕޯޓްކޮށްލީ އޭނާގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކަމަށް ބުނެ މީސްމީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ޚިޔާލުފާޅު ކުރަމުންނެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހްސާން ވިދާޅުވީ, މިހާރު އިމިގްރޭޝަނުން ކުރިޔަށް ގެންދާ ރެއިޑްތަކުގައި ފޯކަސް ކުރަނީ ކްރިމިނަލް ކަންކަން ކުރާ މީހުންނަށާއި, ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ވިޔަފާރި ކުރާ ހިންގަމުންދާ ފަރާތްތަކާއި, އާއްމު ސިއްހަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރަމުންދާ ފަރާތްތަކަށް ކަމަށެވެ. އަދި ރިޒްގެ މައްސަލައިގައި އޭނާ ޑީޕޯޓްކޮށްލީ ވިސާއާ ޚިލާފަށް ވިޔަފާރީގައި ބައިވެރިވެ ވިޔަފާރި ހިންގަމުންދާތީ ކަމަށް އިހްސާން ވިދާޅުވިއެވެ.
"ވިޔަފާރީގައި އެންގޭޖްވެގެން އަމިއްލައަށް ވިޔަފާރި ކުރަމުންދާތީ, ވިސާ ވައިލޭޝަނެއް ކަމަށް ނިންމާ ޑީޕޯޓްކުރީ" އިހްސާން ވިދާޅުވީ ރިޒް ކުރަމުން ދިޔައީ ބިދޭސީންނަށް ކުރެވޭނެ ވިޔަފާރިއެއް ނޫން ކަމަށާއި, އޭނާއަކީ މީހެއްގެ ބެލުމުގެ ދަށުން ވަޒީފާއަކަށް އައި މީހެއް ކަމަށެވެ.
ވިޔަފާރީގައި އެންޖޭގްވިކަން އިމިގްރޭޝަންއިން ކަށަވަރުކުރި ގޮތް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ވިދާޅުވީ, އެ ސެލޫންގެ ކައުންޓަރުގައި އިންނަ ބޯޑުގައި އިންނަ އެކައުންޓް ނަންބަރަކީ, ރިޒް ޕާސަނަލް ގުޅުމެއް ބާއްވައިގެން އުޅުނު ރާއްޖޭގައި އުޅުނު އިތުރު ބިދޭސީއެއްގެ އެކައުންޓް ނަންބަރު ކަމަަށެވެ. އަދި ވިޔަފާރި ކުރަނީ އޯނަރު ނުވަތަ ކުންފުނިން ނޫން ކަމަށާއި ފައިސާ ރޯލް ވަނީ ބިދޭސީއެއްގެ ނަންމަތީގައި އޮތް އެކައުންޓަކަށް ކަމަށް ވިދާޅުވިއެވެ.
ތީގަ ނުރަނގަޅު މައުލޫމާތު ދެނީ. އޭނަ އޮތީ ލޭބަރ ރިލޭޝަންސަށް މައްސަލަވެސް ހުށަހަޅާފަ.. މައްސަލަވެސް ނުބަލާ އަވަހަށް ފޮނުވާލީ
ދެން ކޮންމައްސަލައެއް ބަލަންވީ! ރާއްޖޭގަ ވިޔަފާރި ކުރުމުގެ ހުއްދަ އޭނައަތަކު ނެތް، އޭނައަތުގަ އޮތީ ވޯކުވިސާ، މީހެއްގެ އެމްޕްލޮއީއެއް އޭނައަކީ، ބިޒިނަސްވިސާއެއް ނެތް، ދެން އިތުރަށް ބަލަންޖެހޭ ކަމެއް އެބައޮތްބާ!؟
މިޔަކީ އަސްލު ހިންގާފަ އޮތް ބަޣާވާތެއް…ކަރަޕްޝަން ހަމަ.
ހަމްދާ ދައްކާފަ ހުރި ވާހަކައިގަ ބަރުދަނެއް ނެތް. ބުންޏޭ ބުންޏޭ ކިޔައިގެން ހަމަ ތިއޮތީ
ވަރަށް ރަނގަޅު ނިންމުމެއް
ނަދާ އަށްޓަކާ ކުރި ކަމެއް