އުރީދޫން ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

އުރީދޫ މޯލްޑިވްސްއިން ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ.
އުރީދޫން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ މި ހަވީރު އޮންނާނީ މިއަދު ހަވީރު 4:00 އިން ފެށިގެން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.
މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ފޯމް ޕާޓީއަކާއި ޓްރާންސްފޯމަ ރޮބަޓްސް އަދި ތަފާތު އެކި ގޭމްތައް ހިމެނެ އެވެ.
މި ހަވީރުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކޮށްދިނުމަށް އުރީދޫން އެދެ އެވެ. އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން އުރީދޫން ދަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.