ޚަބަރު

މާލޭގެ ސީއެޗްއެސްގައި އަލުން ކިޔަވައި ދޭން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭގައި ކުރިން އޭ ލެވެލް ކިޔަވައި ދެމުން އައި ސަރުކާރުގެ ސްކޫލް ސީއެޗްއެސްއީގައި އަލުން މިއަދު ކިޔަވައި ދޭން ފަށައިފި އެވެ.

Ads by MWSC

އަމީނިއްޔާ ސްކޫލް ކައިރީގައި ހުންނަ މި ސްކޫލްގައި އަލުން ކިޔަވައި ދޭން ފެށީ 404 ދަރިވަރުންނާ އެކީގަ އެވެ. އެގޮތުން މިއަދު ސްކޫލުން ދަރިވަރުންނަށް ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ.

މާލޭގައި ސީއެޗްއެސްއީގައި އަލުން ކިޔަވައި ދޭން ފެށީ ބޮޑު މަރާމާތުތަކެއް ވެސް ކުރުމަށް ފަހު އެވެ. އެ ތަނުގައި ކިޔަވައި ދިނުން ހުއްޓާލީ ހުޅުމާލޭގައި ސީއެޗްއެސްގެ އާ އިމާރާތް 2022 ގައި ހުޅުވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު މާލެ އާއި ހުޅުމާލޭގައި ވެސް ސީއެޗްއެސްއީގެ ކިޔެވުން ކުރިއަށް ދާނެ އެވެ.

ސީއެޗްއެސްސީގެ ޕްރިންސިޕަލަކީ ދަރުމަވަންތަ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަބްދުﷲ ދީދީ (ޑީޑީ) އެވެ. ޑެޕިއުޓީ ޕްރިންސިޕަލުންނަކީ އައިޝަތު އަބީރާ އާއި އަހުމަދު މުޖާހިދެވެ.

މާލޭގެ ސީއެޗްއެސްއީގައި ގުރޭޑް 11 ގެ ކިޔެވުން މިއަދު ފެށީއާ ހަތަރު މާއްދާއަކާ ވެސް އެކީގަ އެވެ. އެއީ މެރިން ބައޮލޮޖީ އާއި ސައިކޮލޮޖީ އާއި ޓްރެވަލް އެންޑް ޓޫރިޒަމާއި ކޮންޕިއުޓަ ސައިންސެވެ.

ސީއެޗްއެސްއީން ބުނީ މިއަދުން ފެށިގެން އޮރިއެންޓޭޝަން ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށާއި ކިޔެވައި ދިނުން ކުރިއަށް ގެންދާނީ މި މަހު 15 އިން ފެށިގެންނެވެ.

  1. ފާއިޒު

    މިއީ އުވާލާން ޖެހޭ ތަނެއް . ކޮންމެ ސްކޫލަކު 12 އާއި ހަމަ އަށް ކިޔަވައި ދިނީ މަ ނިމުނީ