ޚަބަރު

ލިބުނީ އުރީދޫގެ 5ޖީ: މިހާރު 60 ޕަސެންޓަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހުޅުމާލޭގެ ބަސް ސްޓޮޕެއްގައި ލިބޭ ޕޯސްޓަރުތަކެއް

މިދިޔަ ހަފްތާގައި މުޅި މާލޭގަ އޮތީ "ލިބޭ" ވާހަކަ އެވެ. ހުޅުމާލޭގަ ވެސް އޮތީ "ލިބޭ" ވާހަކަ އެވެ.

Ads by Sosun Fihaara

ރަތް ކުލައިގެ ކަރުދާހުގައި ހުދުކުލައިން އޮތީ "ލިބޭ" ޖަހައިފަ އެވެ. ލިބެނީ ކޮން އެއްޗެއް ކަމެއް ނޭނގެ އެވެ. ކޮން ބަޔަކު ދޭ އެއްޗެއް ލިބެނީ ކޮން ބަޔަކަށް ކަމެއްވެސް ނޭނގި ތިއްބާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތްދޭ އުރީދޫއިން ވަނީ "ލިބޭ" ގެ ހަގީގަތް ހާމަކޮށްފަ އެވެ. އެއީ އުރީދޫގެ 5ޖީ ރާއްޖޭގެ 60 ޕަސެންޓާށް ލިބޭ ވާހަކަ އެވެ.

ގްރޭޓާ މާލެ އޭރިއާގެ އިތުރުން 27 ރަށެއްގައި 5ޖީ ގެ ހިދުމަތް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ރަށްތަކަކީ،

  • އއ. ތޮއްޑޫ
  • އއ. ރަސްދޫ
  • އދ. މާމިގިލި
  • އދ. މަހިބަދޫ
  • އދ. ދަނގެތި
  • ބ. އޭދަފުށި
  • ދ. ކުޑަހުވަދޫ
  • ފ. ނިލަންދޫ
  • ގއ. ވިލިގިނލި
  • ގދ. ތިނަދޫ
  • ހއ. ދިއްދޫ
  • ހއ. އިހަވަންދޫ
  • ހދ. ކުޅުދުއްފުށި
  • ކ. ގުރައިދޫ
  • ކ. މާފުށި
  • ޅ. ހިންނަވަރު
  • ޅ. ނައިފަރު
  • ޅ. ނައިފަރު
  • ނ. ވެލިދޫ
  • ރ. ދުވާފަރު
  • ރ. އުނގޫފާރު
  • ސ. ހިތަދޫ
  • މ. މުލައް
  • ކ. އިތާފުށި (ވޮލްޑޯފް އެސްޓޯރިއާ އިތާފުށި)
  • ކ. މާދޫފިނޮޅު (އޮޒެން ލައިފް މާދޫ)
  • ކ. ބޮލިފުށި (އޮޒެން ރިޒާވް ބޮލިފުށި)
  • ކ. ރަށްފަޅުހުރާ4 (ޕަޓީނާ)
  • ކ. ރަށްފަޅުހުރާ1 (ފަރި އައިލެންޑް)

ހިދުމަތް ފެށިތާ 19 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވެފައި ވަނީ އެންމެފަހުގެ ޓެކްނޮލޮޖީ ތައާރަފުކޮށް، ރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެނައުމުގެ މަސައްކަތް އުރީދޫން ކުރަމުންދާ ކަމަށެވެ. އަތޮޅުތަކަށް 5ޖީ ގެ ހިދުމަތް ފުޅާކުރަމުން ދަނީ އެ އަމާޒަށް ވާސިލުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށް ފާހަަގަކުރެއްވި އެވެ.

އެ ކުންފުނިން އަމާޒު ހިފާފައި ވަނީ ރާއްޖޭގެ މުޅި އާބާދީއަށް 5ޖީ ގެ ހިދުމަތް ފޯރުކޮށް ދިނުމަށެވެ.

އެންމެ ފުޅާ ދާއިރާއެއްގައި 5ޖީ ގެ ހިދުމަތް ރާއްޖޭގައި ދެމުން އަންނަ އުރީދޫން އެ ކުންފުނީގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތަފާތު ޕްލޭންތަކުގެ ދަށުން އެ ހިދުމަތް ލިބޭނެ ގޮތް ވަނީ ފަހިކޮށްދީފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!