ޚަބަރު

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 12 އަހަރަށް ޖަލަށް ލައިފި 

. ، ދެން އޮންލައިން
ކްރިމިނަލް ކޯޓު

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

Ads by MWSC

އެ މައްސަލާގައި މި މަހުގެ 3 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ރ. މާކުރަތު, އިމޭޖު, މުހައްމަދު ދާއޫދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއާއި ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އުފުލީ 2021 ވަނަ އަހަރެވެ.

އެކަމަކު ފޯނުގައި އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯއާ ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ ކޮށްފައިވާ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ މުހައްމަދުގެ މައްޗަށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އޭނާ 12 އަހަރަށް ޖަލަށް ހުކުމްކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މައްސަލައިގެ މުޅި ރިޕޯޓު ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ޝާއިއުކޮށްފައެއް ނުވެ އެވެ. އަދި ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގައި ތަފުސީލާ ކުއްޖާގެ ވަނަވަރު ހާމަކުރުން ގާނޫނުގައި މަނާކޮށްފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!