ޚަބަރު ސަރުކާރު

މާލެއަކީ ވެރިކަން ކުރާ ރަށް، ނަމުގެ ކުރިއަށް އަތޮޅު އިތުރު ނުކުރޭ: މިނިސްޓަރު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މާލެ މަތިން ނަގާފައިވާ ފޮޓޯއެއް - ދެން ފޮޓޯ

މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވާތީވެ، މާލެ ލިޔާއިރު ކުރިއަށް އަތޮޅު އިތުރު ނުކުރުމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފި އެވެ.

Ads by STELCO

"އެކްސް" ގައި ރޭ ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ގާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ބުނަނީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ ކަމަށެެވެ.

އެކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނައިރު ވެރިކަން ކުރާ ރަށަކީ "ކ. މާލެ" ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ސަރުކާރުގެ ގިނަ ރަސްމީ ލިޔުންތަކުގައި "ކ. މާލެ" ލިޔެފައި ނޯންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކ. އަތޮޅުގައި އޮތް ނަމަވެސް، މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވާތީވެ، މާލެ ލިޔާއިރު ކުރިއަށް ކާފު އިތުރުކޮށް، ކ. މާލެ ލިޔެ ނޫޅޭ ކަމުގަ އެވެ.

"އެހެންވީމާ ކ. މާލެ ލިޔުމަކީ އަދި ކިޔުމަކީ ވެސް ގާނޫނު އަސާސީގައި އޮންނަ ގޮތާ ހިލާފަށް ކުރާ ކަމެކެވެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މިހާރަކަށް އައިސް ކ. މާލެ ލިޔުމާއި ކިޔުން އިތުރުވަމުން އަންނަ ކަމަށެވެ.

އެއީ ކުޑަކަމެއް ނޫން ކަމަށާއި ކަމަކީ ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށް ގާނޫނު އަސާސީގައި ލިޔެފައި އޮންނަ ގޮތުގެ ފޮޓޮއެއް ހިއްސާކުރައްވާ ކުރެެއްވި ޕޯސްޓުގައި ފާހަގަކުރެއްވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!