މޯލްޑިވިއަން އިންޗައިނާ އަށް ކާގޯ އެޖެންޓުން ހޯދަނީ

ޗައިނާގެ ގުއާންޒޫ، ޗެންގްޑޫ އެންޑް ބެއިޖިންގައި ޖެނެރަލް ކާގޯ ސޭލްސް އެޖެންޓް (ޖީއެސްއޭ) އަށް އެޖެންޓުން ހޯދަން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން އިއުލާން ކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަން އިން ގެޒެޓް ކޮށްފައިވާ އިއުލާންގައި އައިއޭއެސް އިން އޮޕަރޭޓްކުރާ އެއާލައިނުން އޭޖެންޓުން ބުނީ އޭޖެންޓުން ހޯދަން އިއުލާން ކޮށްފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިން އާއި ގަންޒޯގެ އިތުރުން ޗެންޑޫއަށް ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އެންޑް [email protected] ކޮޕީކޮށްފައިވާ އީއޯއައި [email protected] ފޯމާއެކު އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އީމެއިލް އެއް ފޮނުވަން މޯލްޑިވިއަން އިން އެދިފައި ވެއެވެ.
އިއުލާނުގައި އިތުރަށް ބުނެފައިވަނީ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) އަދި އީއޯއައި ފޯމް ގެޒެޓް އިއުލާނުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
މިކަމަށް އިއުލާން ކޮށްފައިވާއިރު ރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން ދަނީ ތައްޔާރުވަމުންނެވެ.