ޚަބަރު

ޔޫއޭއީ އެމްބަސީން ކުލި ނުދައްކާ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސިވިލް ކޯޓު--

ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީން ކުލި ނުދައްކާ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by MWSC

އައިމިނަތު އަހުމަދު ދީދީ ނަަމަކަށް ކިޔާ މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ އޭނާގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ ގ. ނިއުޝާ ކިޔާ ގޭގެ ފަހެއް، ހައެއް އަދި ހަތް ވަނަ ފަންގިފިލާ އެކެއް މެއި 2020 ން ފެށިގެން އޮކްޓޯބަރު 2022ގެ ނިޔަލަށް ޔޫއޭއީ އެމްބަސީގެ އޮފީސް ހިންގިއިރު ކުލީގެ ގޮތުގައި ލިބެން ޖެހޭ 42،857.40 ޔޫއެސް ޑޮލަރު ކުލީގެ ގޮތުގައި ލިބެން ޖެހޭ ކުލި ނުލިބޭ ކަމަށެވެ.

އަދި އެއްވެސް ނޯޓިސްއެއް ނެތި ކުލީގެ އެއްބަސްވުން އުވާލައިފައި ވާތީ 48،720 ޔޫއެސްޑޮލަރާއި އަދި ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަކުރި 750  ޔޫއެސްޑޮލަރާއެކު ޖުމްލަ 92،427.40 ޑޮލަރު ހޯދަން ހޯދަން އެދިފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ބުނީ ދައުވާ ލިބޭ ފަރާތްތަކުގެ ބަހެއް ހޯދުމަށް އެމްބަސީއަށް ދައުވާ ފޯމުގެ ލިޔުންތައް ފޮނުވުމަށް މަސައްކަތް ކުރި ނަމަވެސް އެ ދައުވާ ފޯމުތައް ވެސް ރައްދު  ކުރެވިފައިނުވާ ކަމަށެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ ކޯޓަށް ހުށަހެޅި ދައުވާއަކީ އަމިއްލަ ފަރާތަކާއި އުފެދުނު މަދަނީ ހުސޫމާތަކާއި ގުޅިގެން ހުށަހެޅިފައިވާ  ދައުވާއެއް ކަމަށާއި އަދި ރާއްޖޭގައި ހުންނަ އެމްބަސީތަކާއި ހައި ކޮމިޝަންތަކަކީ ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮމެޓިކް ރިލޭޝަން މުއާހަދާގެ ދަށުން އިމްތިޔާޒު ލިބިގެންވާ ތަންތަން މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބުނެފައިވާތީއެކުއ އެ ދައުވާ ކުރިއަށް ގެންދެވިދާނެ ތަނެއް ކަމަށެވެ.

Ads by Allied Insurance
  1. ކުޑަވަކީލު

    ތިހެން ބުނަން އަހަރެއް ނެގީމަ ފަނޑިޔާރުގެ މުސާރަ އަދި ބޮޑު ކޮށްލަންވީ ގާނޫނުގެ މާއްދާ ކޮޕީކުރަން އަހަރެއް

  2. އިއްބެ

    އެއީފަޤީރުކަމުން ފައިސާދައްކަންނުލިބޭނެތީ