ޚަބަރު އިޖުތިމާޢީ

މީހަކު ބަރަހަނާކޮށް، ބިރުދައްކައި ފޭރުނު ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރު ދައްކައި އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ތިން މީހުންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.

Ads by Hajj Corporation

އެކަމެއް ހިނގާފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.

އެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ:

1. މއ. މަސްފަން، އާއިޝަތު (43އ)

2. މއ. މަސްފަން، މުހައްމަދު ރީހާން (27އ)

3. ސ. ހިތަދޫ / ސޯމާ، ޝަފީގު އިބްރާހީމް (35އ)

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހުން ހައްޔަރުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ.

ފުލުހުން ބުނީ އެ މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ.

Ads by Allied Insurance
  1. އަމާން

    ޙުކުމް ތަންފީޒު ނުކުރެވޭތީ……ޤަބޫލު ކުރިޔަސް ނުކުރިޔަސް…..ޙައްލަކީ ޢުމަރު….ކެރޭނެ…… ކުރާނެ……އެހިތްވަރު ހުންނާނެ…..އެކަން އޮތީ މިނިސްޓަރ ކަމުގައި ދައްކާފަ

    • ކަލޭ

      އުމަރޭ ބުރުމާއޭ ހޮޅި އެއް ކިނބޫ އެއް ނޯންނާނެ !އިސްލާމީ ޝަރީއަތް ތަންފީޒު ކުރަންޖެހޭނީ! ކަލޭމެން ގަމާރިއްޔާ އުމަރު ހޮވާބަލަ ކޮންމެ ސައިތާނަކު ވައުދުވާން އިނގޭނީ .ވެރިކަމަށް އައީމަ ރައޔިތުން ބޮލަށް ކަށިވެލިލައިގެން ހލނ.!!!!