ޚަބަރު އިޖުތިމާޢީ

ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ 30 ދުވަހަށް ބަންދުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ދަރިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބައްޕަ 30 ދުވަހަށް ބަންދުކޮށްފި އެވެ.

Ads by MWSC

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުން އޭނާ 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުންނަށް ރޭ ދަންވަރުގައި އެ މައްސަލަ ރިޕޯޓް ކޮށްފައިވާއިރު މައްސަލާގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ފިރިހެނެ ކެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ދެ ދަރިންނާއި އާއިލާގެ އެހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!