ޚަބަރު

ތިލަފުށިން އުތުރުތިލަފަޅާ ހަމައަށް ބްރިޖަކުން ގުޅުވަން މަޝްވަރާ ފަށައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މާލެ ސަރަހައްދުގެ ތެރޭގައި ހިމެނުމަށް ހަމަޖެހިފައިވާ ތިލަފުށިން ގިރާވަރު ވެސް ހިމެނޭ ގޮތަށް އުތުރުތިލަފަޅާ ހަމައަށް ބްރިޖަކުން ގުޅުވައިލުމުގެ މަސައްކަތް ފެށުމަށް ޓަކައި، އޭގެ މަޝްވަރާތައް ފަށައިފި އެވެ.

Ads by Sosun Fihaara

މިއަދު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) މިޝަންގެ އިސްވެރިންނާ އެކު ބައްދަލުވުމެއް ބޭއްވި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މަޝްވަރާކުރީ، އެ މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކަމަށް މިިނިސްޓްރީން ބުންޏެވެ.

"މި މަޝްރޫއުގެ ސަބަބުން މުސްތަގުބަލުގައި މި ސަރަހައްދުގެ ކަނެކްޓިވިޓީއާއި ކުރިއެރުމަށް މަގުފަހިވެ، އިގުތިސޯދީ ކުރިއެރުމަށް މަގުފަހިވެ، ސަރަހައްދީ އެއްބައިވަންތަކަން އިތުރު ވެގެން ދާނެ،" މިނިސްޓްރީން ބުނެފައިވެ އެވެ.

ހުޅުމާލޭން، ހުޅުލެ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހިމެނޭ ގޮތަށް މާލެއާ ހަމައަށް ބްރިޖަކުން ގުޅާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. މާލެ ސަރަހައްދުގެ ކަނެކްޓިވިޓީ ބޮޑު ކުރުމަށް މާލެ-ވިލިމާލެ-ގުޅީފަޅު-ތިލަފުށި ގުޅުވާލުމުގެ މަޝްރޫއު މިދިޔަ ސަރުކާރުން ފެށި އިރު އެ މަޝްރޫއު މިހާރު ކުރިއަށް އެބަ ދެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!