ޚަބަރު އިޖުތިމާޢީ

ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މަސްތުވާތަކެއްޗާއި އެކު އެއާޕޯޓުން ހައްޔަރުކޮށްފައިވާ މީހާ

ރާއްޖެ އެތެރެކުރަން އުޅުނު 3.588 ކިލޯގެ މަސްތުވާތަކެއްޗާއެކު، މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ކަސްޓަމްސް އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެތަކެތި އަތުލައިގެން ފައިވަނީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި ތިން ބާވަތެއް ހިމެނޭ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެއީ ހެރޮއިން ގެ 3058 ގުރާމާއި، ސިންތެޓިކް ކެތިނޯން ގެ 215 ގުރާމް އަދި މެތްއެމްފެޓަމިން ގެ 315 ގުރާމް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިކަމާ ގުޅިގެން އެއާޕޯޓުން  ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ސަމަންދަރު، އަހްމަދު އަހްސަން (35އ) ކަމަށެވެ.

މި މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ގެ ބަންދަށް ފަސް ދުވަސް ޖަހާފަ އެވެ.

Ads by HDC