ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި، ބިދޭސީ އަކަށް އަނިޔާވެއްޖެ

ރޭ ދަންވަރު ހުޅުމާލޭގައި މާރާމާރިއެއް ހިނގައި، ބިދޭސީ އަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ، ހުޅުމާލޭގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް ރޭ ދަންވަރު 03:50 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި ބިދޭސީ ފިރިހެން މީހާ ހުޅުމާލެ ހޮސްޕިޓަލް އަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.