ޚަބަރު އިޖުތިމާޢީ ސަރުކާރު

ފުރަތަމަ ޓާމަށް ފަހު، ދަރިވަރުން ޗުއްޓީއަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ސްކޫލު ދަރިވަރުން

ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލައި، ދަރިވަރުންނަށް ޗުއްޓީ ދީފި އެވެ.

Ads by Hajj Corporation

ސްކޫލުތަކުގައި ފުރަތަމަ ޓާމްގެ ކިޔެވުން މި އަހަރުގެ މެއި 26 ގައި ފެށިއިރު، ފުރަތަމަ ޓާމްގެ ކިޔެވުން ނިމި މިއަދު ވަނީ ސްކޫލުތަކުން ދަރިވަރުންނަށް ރިޕޯޓް ފޯމް ހަވާލުކޮށްފަ އެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން ޗުއްޓީ ލިބޭނީ މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހާ ހަމަޔަށެވެ.

މިއަހަރުގެ ކިޔެވުން ފެށީ، 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުން ހިމެނޭހެން ޖުމްލަ 96,000 ދަރިވަރުންނާ އެކު އެވެ.

އޭގެ ތެރެއިން 26,000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ސަރުކާރު ސްކޫލުތަކުގައި ކިޔަވާ 83،000 އެއްހާ ދަރިވަރުންނާއި، ޕްރައިވެޓް ސްކޫލުތަކުގައި ކިޔަވާ 13،000 ދަރިވަރުންނެވެ.

ޖުމްލަ 217 ސްކޫލުގައި ކިޔަވައިދެމުން އަންނައިރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ވަނީ ކިޔަވައިދީފައި ވެއެވެ. 55 ސުކޫލެއްގައި ކިޔަވައިދީފައިވަނީ ދެ ދަންފަޅިއަ ށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!