ޚަބަރު

ބީއެމްއެލް މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ވަގަށް ފައިސާ ނެގިކަމަށް ސާބިތުވެއްޖެ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ބީއެމްއެލް / ފޮޓޯ: ދެން އިމޭޖްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ވަގަށް ފައިސާ ނެގިކަމަށް ސާބިތުވާ ކަމަށް ކަނޑައަޅާ, ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

Ads by MWSC

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ބ. އޭދަފުށި, ހިޔާވަހި, އަލީ މާޒިންގެ މައްޗަށެވެ.

އެ މައްސަލާގައި މާޒިންގެ މައްޗަށް ކޮށްފައިވަނީ ހިޔާނާތްތެރިވުމުގެ ދައުވާ އެވެ. އެ ދައުވާ މާޒިންގެ މައްޗަށް ކޮށްފައިވަނީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި ހުރެ, ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން މެއި 14, 2021 އިން ސެޕްޓެމްބަރު 23, 2021 ގެ ނިޔަލަށް އެކި ދުވަސް މަތިން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނެގި މައްސަލާގަ އެވެ.

ހުކުމުގައި ބުނެފައިވަނީ 13 ކަސްޓަމަރެއްގެ މައުލޫމާތު ބީއެމްއެލްގެ ސީއާރްއެމް ސިސްޓަމްއިން ބަދަލުކޮށް, ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

13 މީހެއްގެ އެކައުންޓުން ޖުމްލަ 482611.41ރ ސައްހަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގަ އާއި ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައާއި މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި މާޒިންގެ މައްޗަށްކުރި ދައުވާއަށް އޭނާ އިއުތިރާފުވެފައިވާއިރު މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާއިންނެވެ.

ދައުވާއަށް އިއުތިރާފުވުމާއެކު ޕީޖީއާއެކު މާޒިންވެފައިވާ އެއްބަސްވުމުގެ ބުނެފައިވަނީ އެ ކުށަކީ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އެ ކުށުގެ އަސްލު އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށެވެ. އެހެންނަމަވެސް އެއްބަސްވުމާއެކު އަދަބު 9 މަހާއި 18 ދުވަހަށް ބަދަލު އަންނާނެ ކަމަށް ބުނެފައިވެ އެވެ.

އެ ޖަލު އަދަބު, 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމާއި 56,200 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކުރެވޭ ގޮތަށް ޕީޖީއާއެކު އެއްބަސްވެފައިވެ އެވެ. އަދި ބީއެމްއެލްއާއެކު މާޒިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ފައިސާ ދައްކަމުން ގެންދިއުމަށް ވެސް ޕީޖީގެ އެއްބަސްވުމުގައިވެ އެވެ.

އެގޮތަށް ހުކުމްކޮށް, ޖޫރިމަނާގެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަމުރުކޮށްފައިވެ އެވެ.

  1. ބޭންކުގެ އަނިޔާ ލިބިފައިވާ މިހާ

    ބޭންކް އޮފް މޯލްޑިވްސް އަށް އިތުބާރު ގެއްލިއްޖެ. ކަސްޓަމަރުން ގެ ބެލެންސް ބަލައިގެން މީސްމީހުންނަށް ޓާގެޓްކޮށް ސްކޭމްތައް ރާވަނީ. މީ މިބޭންކު ތެރޭގައި ގުޅިގެން އުޅޭ ނެޓްވާރކްއަކުން ކުރާކަމެއް. ސިސްޓަމަށް ވަންނަ ގިޮނަ މުވައްޒަފުންނަށް ކަސްޓަމުރުންގެ މައުޅޫމާތުތައް ބެލޭ ކަމަށް ވަންޏާ މިކަން ހިނގަމުންދާނީ. ސީނިއަރިޓީއަކަށްވެސް އިތުބާރެއްނެތް. ގެއްލުނު ފައިސާ ފުލހުން ހޯދައިނުދިނީ ސިފައިން ގެ އެމީހަކު އެކާލައިގެން ކުޅުދުއްފުށީގަ އެބަހުރި. އިހުސާނާ ގައްސާން ގުޅިގެން އެމީހ އަތުލައިގަނެވޭނީ. އޭނާ އޯފް ދިޔުޓީގައި ކެފޭއެއްގައިވެސް މަސައްކަތްކުރާނެ. އޭނާ އަކީ ހއ.މީހެއް.

  2. ބައްސޭ

    ވަގަކު ލައްވާ މުޖުތަމައަށް ޚިދުމަތްކުރަން ނެރުނަސް ރައްޔިތުން ކުރާނީ ކޮން އިތުބާރެއް