ޚަބަރު

ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިން އިތުރު ކުރަން ޖެހޭ : ޓޫރިޒަމް މިނިސްޓަރ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާގެ ފަތުރުވެރިން ގެނައުން އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް މަޝްވަރާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

ބުދަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި އިންޑިއާގެ އިންވެސްޓަރުންގެ އެހީތެރިކަމާއެކު، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންސާނީ ވަސީލަތް ތަރައްގީކުރުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިނިސްޓަރުގެ ބައްދަލުވުމާ ގުޅިގެން "ރާއްޖެ ޓީވީ" އަށް އެމަނިކުފާނު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. \

އެގޮތުން އިންޑިއާއަކީ ރާއްޖެއާ އެންމެ ކައިރީގައި އޮތް ގައުމު ކަމުގައި ވީހިނދު، ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރު ކުރެވިއްޖެނަމަ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރެވިގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނު ކުރުމަށް ފުރުސަތުތައް ހޯދައި ދިނުމާއި މަތީ ވަޒީފާތަކަށް އަހުލުވެރި ކުރުވުމަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް އިންޑިއާ ސަފީރާ މަޝްވަރާ ކުރެވުނު ކަމުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަކީ އިންޑިއާ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެގޮތުން މިދިޔަ އަހަރު އަހަރު ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ވެސް އިންޑިއާ އިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!