ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްސަަލަ އަލުން ބަލައި 15 އަހަރުގެ ހުކުމެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ހައި ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްސަަލައެއް ސާބިތުނުވާ ކަމަށް ކުރިން ނިންމާފައި އޮއްވައި އެ މައްސަލަ އަލުން ބަލައި 15 އަހަރުގެ ހުކުމެއް ހައިކޯޓުން އިއްވައިފި އެވެ.

Ads by Sosun Fihaara

ރަށެއްގައި ކޯޓަކުން މީގެ ކުރިން ޔޫސުފް މޫސާ ނަމަކަށް ކިޔާ މީހަކު ކުޑަކުއްޖަކަށް ގޯނާކުރި މައްސަލައިގައި ކުށްވެރިނުވާ ކަމަށް ނިންމާފައި އޮތުމުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރި އެވެ.

ހައިކޯޓުން މިއަދު އާންމުކުރި ހުކުމްގެ ހުލާސާގައި ބުނީ ޔޫސުފް މޫސާ، 2009 އިން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ކުޑަކުއްޖާއަށް އެކި ކަހަލަ ޖިންސީ ގޯނާކުރި ކަމަށެވެ.

ހައިކޯޓުގެ ހުކުމްގައި ބުނީ ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓުން ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވަނީ ކުއްޖާއަށް ޔޫސުފް މޫސާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާގެ ސަބަބުންކަންވެސް އެނގޭ ކަމަށެވެ.

އަދި އެ ރިޕޯޓުގައި އާއިލާގައި މައްސަލަ ޖެހިފައިވަނީ ކުއްޖާއާ ހެދިކަން ކުއްޖާއަށް ގަބޫލުކުރެވި އެކަމާ ވިސްނާ ކުއްޖާއާ ދޭތެރޭ މީހުން ދެކޭނެ ގޮތާމެދު ކުއްޖާވިސްނާކަން ވެސް އެނގޭ ކަމަށެވެ.

އެހެންވެ އިތުބާރުހިފޭ މަގާމެއްގައި ހުރެ ކުއްޖާއަށް ޖިންސީ އަމަލު ހިންގުމުގެ ކުށް ސާބިތުވާކަމަށް ހައިކޯޓުން ވަނީ ނިންމައިފަ އެވެ.

އަދި ޔޫސުފް މޫސާ 15 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. އެހެން ނަމަވެސް އޭނާ ޖަލުގައި 10 މަހާއި 20 ދުވަސް ހޭދަކޮށްފައިވާތީ އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ 14 އަހަރާއި އެއް މަހާއި 10 ދުވަހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!