ޚަބަރު އިޖުތިމާޢީ

ގަވައިދާ ހިލާފަށް އުޅޭ 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މީގެ ކުރިން ހުޅުމާލެގައި ހިންގި ރެއިޑް/ ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

Ads by Hajj Corporation

އިމިގްރޭޝަނުން މިރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 9 ބިދޭސީންނަކީ އެތަން ތަނުން ގެންދިޔަ މީހުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ މަސައްކަތް ކުރިއަށް ގެންދަނީ އިމިގްރޭޝަންނާއި ފުލުހުންނާ ގުޅިގެންނެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނީ މި މަސައްކަތުގައި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން އެ ރެއިޑުގައި "އިމިގްރޭޝަން އޮފިސަ ޓްރެއިނީސް" ބައިވެރިވާ ކަމަށެވެެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު ކޮންމެ ދުވަހަކުހެން ދަނީ ރެއިޑްތައް ކުރަމުންނެވެ.

މި ރެއިޑްތަކުގައި ބޮޑަށް އިސްކަންދެނީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!