ބޭރަށް ފުރާ މީހުން އަތުން ނަގާ ޓެކްސް ބޮޑުކުރަނީ

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ ކޮންގްރެސް މެންބަރު އަސަދުﷲ ޝިހާބެވެ މިއަދުގެ ޖަލްސާ އަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން އެ ބިލު ފާސްވުމުން އިކޮނޮމިކް ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާނީ 50 އެމެރިކާ ޑޮލަރެވެ.
އެ އިސްލާހު ފާސްވުމުން ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން ނަގާނީ 120 ޑޮލަރެވެ. އަދި ފަސްޓުކްލާސް ގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 240 ނަގަން ވަނީ އިސްލާހު ހުށަހަޅާފަ އެވެ. ޕްރައިވެޓް ޖެޓުން ދަތުރުުކުރާ އެންމެން އަތުން 480 ޑޮލަރު ނެގުމަށް އިސްލާހު ހުށަހަޅާފައިވެ އެވެ.
އެ އިސްލާހުތައް އަމަލުކުރަން ހުށަހަޅާފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.