ދުނިޔެ

މަގެއްގެ މަތީގައި މީހަކު "މަރުވެފައި" އޮއްވާ ފެނިގެން ބިރުން އުޅެނިކޮށް، ފެނުނީ އެމީހާ ނިދާ ހޭލިތަން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ ޣާޒިޔާއާބާދުގެ މަގެެއްގެ މަތީގައި މީހަކު މަރުވެފައި އޮތް ކަމަށް ހީކޮށް މީހުންތައް ބިރުން އުޅެނިކޮށް ފެނުނީ އެމީހާ ނިދާ ހޭލި މަންޒަރެވެ.

Ads by Sosun Fihaara

ޣާޒިޔާއާބާދުގެ މަގުމަތީގައި ނިދާފައި އޮތް މިމީހާ އޮތީ މުޅި ހަށިގަނޑު ހުދު ކުލައިގެ ބެޑުޝީޓަކުން ފޮރުވައިލައިގެންނެވެ. އެމީހާގެ ކައިރިއަށް ގިނަ ބަަޔަކު އެވަގުތުގައި އެއްވެގެން އުޅޭ ވީޑިއޯއެއްވެސް މީސް މީޑިއާގައި ވަނީ އާންމު ވެފައެވެ.

އެހިސާބުގަނޑުގައި އެވަގުތު އުޅުނު މީހުން ހީކުރީ އެއީ މަރާލުމަށްފަހު މަގުގެ އެއްކައިރިއަށް އެއްލާލައިފައި އޮތް ފުރާނަ ނެތް މަސްގަނޑެއް ކަމަށެވެ. އެކަމާ ބިރުން އެހިސާބުގައި އުޅުނު މީހުން ވަނީ ފުލުހުންނަށް ވެސް ގުޅާފައެވެ.

މީސްމީޑިއާގައި ދައުރުވަމުން ދާ 29 ސިކުންތުގެ ވީޑިއޯގައި އެމީހާ ނިދައި ހޭލުމުން ފުލުހުން ހައިރާންވެފައި ތިބި މަންޒަރުވެސް ދައްކުވައިދެއެވެ.

އިންޑިއާގެ މި ހިސާބަކީ ފަގީރުން ވަރަށް ގިނަ ހިސާބެއްކަމަށް ރިޕޯޓު ތައް ބުނެއެވެ. އެހެން ކަމުން މި ހިސާބުގައި ގިނަ ބަޔަކު މަގުމަތީގައިވެސް ނިދާކަމަށާއި އެއީ އާންމުކަމެއް ކަމުގައި ވެސް މީޑިއާތައް ބުނެއެވެ. ނަމަވެސް މިކަމަކީ ނުހަނު ހިތާމަ ހުރި ކަމެކެެވެ.

މި ވީޑިއޯއަށް ގިނަ ބަޔަކު ވަނީ ޝުއޫރު ފާޅުކޮށް އެ ފިރިހެން މީހާއަށް ހަމްދަރުދީވެފައެވެ. އެގޮތުން އޭނާއަށް އަވަސް ރަހުމަތެެއްގައި ބޯހިޔާވަހިކަން ލިބޭތޯ ގިނަ ބަޔަކު ވަނީ ދުއާ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!