ޚަބަރު

އެމްއެމްސީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އެމްއެމްސީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލަށް އަހަރުގެ މިހާތަނަށް 79 މައްސަލައެއް ވަނީ ހުށަހަޅާފައި / ފޮޓޯ:އެމްއެމްސީ

މީޑިއާތަކުގެ ބެލެނިވެރި ފަރާތް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by Sosun Fihaara

ސަރުކާރުގެ ގެޒެޓުގައި ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެ ކައުންސިލަށް 10 މެންބަރުން އިންތިހާބުކުރަން ބޭނުންވާ ކަމަށާއި އެއީ އާންމު 3 މެންބަރުންނާއި މީޑިއާތަކުން 7 މެންބަރުން ކަމަށެވެ.

އެ 10 މެންބަރުން ހޮވަން ބާއްވާ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދި ހުށަހަަޅާ ފޯމު އެ އިއުލާނުގައި ހިމަނާފައިވާއިރު އެ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީއިން ބުނީ ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރުފަހު 1:30 ގެ ނިޔަލަށް އެ މިނިސްޓްރީގެ ރިސެޕްޝަނުން ކަމަށެވެ.

އެ ފޯމު ޔޫތު މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅާނެ ކަމަށާއި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެމްއެމްސީގެ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!