ބޮލީވުޑް މުނިފޫހިފިލުވުން

އަހަަރެން ކޮންމެ ދުވަހަކު ގެރީގެ ކުޑަކަމުދާ ތަކެތި ބޮން: އަކްޝޭ ކުމާރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސިއްހީ ގޮތުން ލިބޭ ފައިދާތަކަށްް ޓަކައި ކޮންމެ ދުވަހަކު ވެސް ގެރީގެ ކުޑަކަމުދާ ތަކެތި ބޯ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު ބުނެފިއެވެ.

Ads by STELCO

ދާދި ފަހުން އުމުރުން 53 އަހަރު ފުރުނު އަކްޝޭ މިހެން ބުނެފައިވަނީ އިންސްޓަގްރާމް ލައިވްއެއްގައި ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އިންސްޓަގްރާމް ލައިވްއެއްގައި އެތުގެ ބޮޑުކަމުދާ ތަކެތިން ހަދާފައިވާ ސައި ބޯން ޖެހުމުން އަކްޝޭއަށް ކުރެވުނީ ކޮންކަހަލަ އިހުސާސެއްތޯ އެހުމުން އޭނާ ބުނީ އޭނާ ހުރީ އެކަމަށް ވަރަށް "އެކްސައިޓެޑް" ވެފައި ކަމަށެވެ.

"އަހަރެން ކޮންމެ ދުވަހަކު ގެރީގެ ކުޑަކަމުދާ ތަކެތި ބޮން، ސިއްހީ ފައިދާތަކަށްޓަކައި. އެހެންވެ އަހަންނަށް މާބޮޑު ކަމަކަށް ނޫން އެކަން ވީ" އަކްޝޭ އިތުރަށް ބުނެފައިވެއެވެ.

އަކްޝޭ އާ މި ސުވާލު އަމާޒުކޮށްފައިވަނީ ވައިލްޑް އެޑްވެންޗަރާ ހޯސްޓް ބެއާ ގްރިލްސް އާއެކު ޝޫޓް ކުރި " އިންޓު ދަ ވައިލްޑް ވިތް ބެއާ ގްރިލްސް" ގެ އެޕިސޯޑާ ގުޅިގެންނެވެ. މި ޝޯ ޑިސްކަވަރީ ޕްލަސް އިން ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.

އަކްޝޭ މިވަގުތު އަންނަނީ ހުމާ ގުރޭޝީ އާއި ލާރާ ދައްތާ އާއެކު "ބެލްބޮޓޮމް" ފިލްމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ހިންދޫ ދީނުގެ މީހުން ޤަބޫލުކުރާ ގޮތުގައި ގެރިއަކީ އެމީހުންގެ މައިންބަފައިން ފަދަ އެއްޗެކެވެ. އެހެންކަމުން އޭގެ ކުޑަކަމުދާ ތަކެއްޗަކީ ބަލިތަކަށް ޝިފާއެއް ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ. މި ސަބަބަށްޓަކައި ބުއިމަށާއި، ބޮޑީ ސްޕްރޭގެ ގޮތުގައި ބޭނުން ކުރުމަށާއި މިނޫން އިތުރު އެހެން ގޮތްގޮތަށްވެސް ހިންދޫން މިތަކެތި ބޭނުންކޮށް އުޅެއެވެ.

 

 

Ads by HDC
  1. ގޮއްޔެ

    އައްޗީީޑިި ފަކުރުންް ހަލާކުު ވެއްޖެ.

  2. ޭއަކުޝޭމާމަ

    އެހެންވީމާ މައިންބަފައިންގެ ކުޑަކަމުދާތަކެތިވެސް މިމީހުންބޯނެތާދޯ..

  3. ޢިގްނޮރަންޓް ފޫލް

    ޯކޮބާ މިމީސްމީހުންނަށް ލޯބިޖެހިގެންއުޅޭ ފަކުރު ދިވެހިނިނިނ ދިވެހިން. ޙަހަ