ޚަބަރު

މިސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ވަނީ ބޮޑު އިހުމާލެއް ވެފައި: މުއިއްޒު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށާއި، މަގުމަތިވެފައިވާ އެންމެނަށް ވެސް ބޯހިޔާވަހިކަން ހޯދައިދެއްވާނެ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިދިކޮޅު ޕީޕީއެމް ގެ ޓިކެޓެއްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު ،ސޯޝަލް މީޑިއާ މެދުވެރިކޮށް ބޭއްވިއާސްކް މުއިއްޒުޕްރޮގުރާމުގައި ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކޮށްދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި އަޅާފައިވާ 7000 އެއްހާ ހައުސިންގ ޔުނިޓަށް އިޝާރާތް ކޮށް މުއިއްޒު ވިދާޅުވީ، ފުލެޓު ލިބުނު ކަމުގެ ލިޔުން ލިބުނު އެތައް ބަޔަކު މިއަދުގެ ސަރުކާރުން މަގުމަތި ކޮށްލާފައިވާ ކަމަށެވެ.

މިއަދުގެ ސަރުކާރު ވެރިކަމަށް އައުމާއި ގުޅިގެން ރައްޔިތުންނަށް ނިކަމެތިކަން ލިބިފައިވާ ކަމަށާއި، ރައްޔިތުން ކުރި އުއްމީދުތައް ފެނަށް ގޮސް އެތައް އާއިލާތަކެއް މިއަދު ރުއިމުގެ ތެރެއަށް ޣަރަޤު ވެފައިވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ފުލެޓު ލިބިފައިވާ ކަމުގެ ލިޔުން ލިބިފައިވާ އެތައް ރައްޔިތަކަށް ސަރުކާރު ބަދަލުވުމާއި އެކު އެ ޔަގީންކަން ގެއްލޭނެ ހަމައެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، މިސަރުކާރުން ރައްޔިތުން މަގުމަތި ކޮށްލާފައިވަނީ އެއްވެސް އަސާސެއް ނެތް ގޮތަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ، ފްލެޓް ގެއްލުނު ފަރާތްތަކަށް ފްލެޓް އަނބުރާ ހޯދައި ދެއްވާނެ ކަމަށާއި އެކަން ކުރަންވީ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސިޓީ ކައުންސިލާއި ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!