ދުނިޔެ

އެތައް މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ހިފައިގެން ވޭނެއްގައި ގޮސް އެރީ ޕޮލިސް ކާރަކަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އޮސްޓްރޭލިއާގައި ބަޔަކު ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ވޭނެއްގައި ގޮސް ޕާކުކޮށްފައިވާ ފުލުހުންގެ ކާރަކަށް އަރައިފިއެވެ. މި މީހުން ވޭނެއްގައި ދިޔައީ ގިނަ އަދަދެއްގެ "މެޓަންފެޓަމިން" ނަމަކަށް ކިޔާ މަސްތުވާތަކެތީގެ ބާވަތެއް ހިފައިގެންނެވެ.

Ads by Sosun Fihaara

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ޖުލައި މަހުގައި އޮސްޓްރޭލިއާގެ ސިޑްނީގެ ސްޓޭޓެއް ކަމަށްވާ ނިއު ސައުތު ވޭލްސް ގައެވެ.

އޮސްޓްރޭލިއާގެ ފުލުހުން ބުނީ މިއީ މަސްތުވާތަކެތި ހިފަައިގެން އުޅޭ ބަޔަކު އެންމެ ފަސޭހައިން އަތުލައި ގަނެވުނު ފަހަރު ކަމަށެވެ. މި މައްސަލައިގައި ސިމޮން ޓޫ ނަމަކަށް ކިޔާ މީހަކު 6 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާކަމަށް ވެސް އޮސްޓްރޭލިއާގެ ކޯޓެއް ކަމަށްވާ "ނިއު ސައުތު ވޭލްސް ޑިސްޓްރިކްޓް ކޯޓް" އިން ހާމަ ކުރެއެވެ.

މަސްތުވާ ތަކެތި ހިފައިގެން ދިޔަ މީހުން ގޮސް އެކްސިޑެންޓްވުމުން ފުލުހުންގެ އިދާރާ ތެރޭގައި ތިބި ފުލުހުންނަށް ދެ ކާރެއް ޖެހޭ އަޑު އިވުނު ކަމަށާއި ވީ ކިހިނެއްތޯ ބެލުމަށް ބޭރަށް ނުކުތް ވަގުތު ފެނުނީ ޕާކުކޮށްފައި އޮތް ފުލުހުންގެ ކާރަށް އެކިވަރުގެ ގެއްލުންތައް ވެފައި ހުރި މަންޒަރުކަމުގައިވެސް މީޑިއާތަކުން ބުނެއެވެ. ނަަމަވެސް ފުލުހުން ނިކުތް އިރު މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ވޭން ފެންނަން ނެތް ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން ސީސީޓީވީ ކެމެރާތައް ބަލާ ފާސްކުރި ކަމަށާއި އޭގެ އެހީގައި އެ ވޭން ވަރަށް ފަސޭހައިން ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި ވޭނުން 145 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައި ގަނެފައިވާއިރު ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރި ސިމޮން ޓޫ އިނީ ވޭން ދުއްވަން ކަމަށް ފުލުހުން ބުންޏެވެ. އެ ކާރު ބަލައި ފާސް ކުރުމުން ފޮށިގަނޑެއްގެ ތެރޭގައި ބަންދުކޮށްފައި ހުރި 273 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!