ޚަބަރު

ރަށު މާރުކޭޓުގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރާ 32 ބިދޭސީން އަތުލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލޭ ރަށު މާރުކޭޓް (ފޮޓޯ/ ދައުރު)

ހުޅުމާލެ ފޭސް 01 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

Ads by STELCO

އިމިގްރޭޝަނުން މިއަދު ބުނީ ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ މީހުން ބެލުމަށް އިއްޔެ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އެގޮތުން، އެ މާރުކޭޓުގެ 15 ގޮޅިއެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރަމުން ދިޔަ 23 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނައިކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެ އެވެ.

"މީގެ ތެރޭގައި 15 ފިރިހެނުންނާއި 08 އަންހެނުން ހިމެނޭ. މި ރެއިޑުގައި އިމިގްރޭޝަންގެ 30 އޮފިސަރުން އަދި ފުލުހުންގެ 24 އޮފިސަރުން ވަނީ ހަރަކާތްތެރިވެފައި. އަދި ކަމާ ގުޅުންހުރި އިދާރާތައް ކަމަށްވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ވެސް ވަނީ މި ރެއިޑުގައި ބައިވެރިވެފައި." އިމިގްރޭޝަނުން އިތުރަށް ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްޜޭޝަނާއި އެކި އިދާރާތައް ގުޅިގެން ކޮންމެ ދުވަހަކުހެން ދަނީ ރެއިޑްތައް ހިންގަމުން ނެވެ.

އެގޮތުން ގަވައިދާ ހިލާފަށް ވިޔަފާރިތައް ކުރާ ބިދޭސީންނަށާއި ނުތާހިރުކޮށް ކާބޯތަކެތި ހަދާ ތަންތަން ހާއްސަކޮށް ދަނީ ރެއިޑްކުރަމުން ނެވެ.

Ads by Allied Insurance
  1. ބަލަންތިބޭ

    ” ހުޅުމާލެ ފޭސް 01 ގައި ހުންނަ “ރަށު މާރުކޭޓު” ގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.” ދެންވެސް މިކަހަލަ ކަމެއް ނޫން އެހެން ކަމެއް ނުކުރަން ނަސޭހަތްތެރިވެފައި މާދަމާ އެމީހުން ދޫކޮށްލާނެ