ޚަބަރު

ރައީސް މުސާރައިގެ 50 ޕަސެންޓް ނުނަންގަވާނެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު: ވިދާޅުވީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ އަމާޒަކަށް ވާންވީ ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމުގައި / ފޮޓޯ:ދެން އިމޭޖްސް

ހަރަދުކުޑަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މުސާރައިގެ 50 ޕަސެންޓް ނުނަންގަވަން ނިންމަވައިފި އެވެ.

Ads by MWSC

ރައީސް މުއިއްޒު މިއަދު 'އެކްސް' ގައި ވިދާޅުވީ އެ ނިންމުން ނިންމެވީ އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ކަމަށެވެ.

އެގޮތުން އެ ފިޔަވަޅުތައް އަޅަން އަޅަން ނިންމީ ދެ އަހަރުގެ މުއްދަތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ މުސާރައަކީ 100،000 ރުފިޔާ އެވެ. ނަމަވެސް ދެން މުސާރައިގެ ގޮތުގައި ދެން ނަންގަވާނީ 50،000 ރުފިޔާ އެވެ.

އޭގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ނިންމާފައިވާ ކަން ރައީސް މިއަދު ވަނީ ފާހަގަކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބަމުންދާ ކަމަށެވެ. ނަމަވެސް ހަރަދުތައް ކުޑަކުުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ދެން ކުންފުނިތަކުގެ ވެރީންނަށް މުސާރައިގެ ގޮތުގައި ދެން ދޭނީ އެންމެ ގިނަވެގެން 90،000 ރުފިޔާ ކަަމަށެވެ.

އޭގެ އިތުރުން މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން ވެސް 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި މިހާރު އެދިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މުސާރަ ކުޑަކުޑާއިރު  12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Ads by Allied Insurance
  1. ދެންކޮންތާކައްް އަޅަނީީ،

  2. ސިޔާސީ މަގާމު ތަކުގަ ތިބި މީހުންގެ މުސާރަ ކުޑަ ނުކުރަނީ މުއިއްޒު ބިރުންތަ؟