ޚަބަރު

ކޮވިޑް-19: ރާއްޖެއިން ސްރީލަންކާއަށް ދިޔަ 10 މީހަކު ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖެއިން އަވައްޓެރި ސްރީލަންކާއަށް ދިޔަ 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

Ads by Sosun Fihaara

ލަންކާގެ ޑިޕާޓްމެންޓް އޮފް ގަވާމެންޓް އިންފޮމޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ރާއްޖެއިން އެގައުމަށް ދިޔަ 10 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު 6:30 އާ ހަމައަށް އެ ގައުމުން ކޮވިޑް-19 އަށް ފައްސި ވެފައިވާ 5 މީހުންނަކީ ވެސް ރާއްޖެއިން ލަންކާ އަށް އެތެރެވެފައިވާ 5 މީހުންނެވެ.

މީގެ އިތުރުން ރޭ 9:10 ހަމައަށް ފައްސިވި 8 މީހުންގެ ތެރޭގައި ވެސް ރާއްޖެއިން ދިޔަ 5 މީހުން ހިމެނެއެވެ. ދެން ބާކީ ތިބި ތިން މީހުންނަކީ ޔޫއޭއީ، ކުވެއިތު އަދި ސިންގަޕޫރުން ދިޔަ ތިން މީހުނެވެ.

ރާއްޖެއިން ލަންކާއަށް ދިޔަ 10 މީހަކު ފައްސިވެފައިވާ ކަން ހާމަކޮށްފައިވީ ނަމަވެސް، ފައްސި ވެފައިވަނީ ކޮން ގައުމެއްގެ ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!