ޚަބަރު

އެއްވުންތައް ބާއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގެވުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ފުލުހުން މިހެން ވިދާޅުވެފައި މިވަނީ "އަޅުވެތިކަމާއި ދެކޮޅަށް" މިއަދު ހަވީރު ސައިކަލު ބުރެއް ބާއްވާނެ ކަން އިއުލާނުކޮށްފައި ވަނިކޮށެވެ.

ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްނުވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގެވުމާ ހިލާފަށް އެއްވުން ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި  އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި އެންމެހާ ލޮބުވެތި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށްނެރެ، ހުރިހާ ބޭފުޅުންވެސް އެޗްޕީއޭއިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ކުރިން އިދިކޮޅު ކޯލިޝަން އިން މާލޭގައި ސައިކަލު ބުރެއް ބޭއްވި މައްސަލައެއް ފުލުހުން ވަނީ ބަލާފައެވެ. އަދި އެކަމާ ގުޅިގެން އިދިކޮޅުގެ ބައެއް އިސްވެރިން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!