ޚަބަރު

މިނިވަންކަމުގެ ދިފާޢުގައި ނިކުތް ޒުވާނުންނަށް ސަރުކާރުން ހުރަސް އެޅުމުން އެނގެނީ މިނިވަން ކަމަށް ހުރި ގޮންޖެހުންތައް: އާދަމް ޝަރީފު އުމަރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިނިވަންކަމުގެ ދިފާޢުގައި ނިކުތް ޒުވާނުންނަށް ސަރުކާރުން ހުރަސް އެޅުމުން އެނގެނީ މިނިވަންކަމަށްޓަކައި ވާންޖެހޭ ޤުރުބާނީ ގެ ބޮޑުކަމަށާއި މިކަމުން އެނގެނީ މިނިވަން ކަމަށް ހުރި ގޮންޖެހުންތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކުރީގެ ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފު އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަންކަމުގެ ދިފާޢުގައި ނިކުތް ޒުވާނުންނަށް ސަރުކާރުން ހުރަސް އެޅުމުން އެނގެނީ މިނިވަންކަމަށްޓަކައި ވާންޖެހޭ ޤުރުބާނީ ގެ ބޮޑުކަން ކަމަށާއި މިނިވަން ކަމަށް ހުރި ގޮންޖެހުންތައް ކަމަށެވެ.

"މިއަދު ހުރަސް އެޅުމަށް ނިކުތް ފުލުހުން، ޤައުމުގެ މިނިވަން ކަމަށްޓަކައި މާދަމާ ވާންޖެހޭ ޤުރުބާނީ ހީނުކުރާހާ ބޮޑުވާނެ" އާދަމް ޝަރީފު ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅަށް ތާއީދުކުރާ ބައެއް ޒުވާނުން އިންތިޒާމު ކޮށްގެން މިއަދު ހަވީރު މާލޭގަައި ވަނީ ސައިކަލު ބުރެއް ބާއްވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެސައިކަލުބުރު ބޭއްވުން ހުއްޓުވާ، އެހަރަކާތް ފެށުމުގެ ކުރިން، ބައެއް ބައިވެރީން ހައްޔަރު ކޮށްފައެވެ.

މިސައިކަލު ބުރަކީ އިދިކޮޅު ކޯލިޝަންގެ ފަރާތުން އިސްނަގައިގެން ބާއްވަން ނިންމި ހަރަކާތެއް ނޫން ކަމަށް ޕީއެސްސީ ގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!