ދެ ލޯންޗު އެކްސިޑެންޓުވެ ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ނެރު ކުރިމަތިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް މިރޭ އަނިޔާވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހުޅުމާލެ ނެރު ކުރިމަތިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެތަނުން އެއް ލޯންޗުގައި ތިބި ދެމީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ފިރިހެނުންނަށް ކަމަށެވެ.
އެކްސިޑެންޓު ހިނގި ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހުގައި ގުޅީފަޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވެ އެވެ.
އެ އެކްސިޑެންޓުގައި 20 މީހުންނަށް އަނިޔާވެ ފަރުވާދީފައިވާއިރު، ދެމީހަކަށް ސީރިއަސް އަނިޔާވެގެން ފަރުވާ ދިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ ހާދިސާގައި އެކްސިޑެންޓް ވީ ދެ ލޯންޗަށް އެކިވަރުގެ ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.