ޚަބަރު

އިންޑިއާ އައުޓް ކަމަށް ބުނާނަމަ، އިދިކޮޅުން ބާރު އެދެނީ އައިސިސް އިން ރާއްޖެ ހިފުމަށް: ރައީސް ނަޝީދު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

"އިންޑިއާ އައުޓް" މި ޝިއާރު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ބޭނުން ކުރަމުންދާ ނަމަ ބާރު އެދެވެނީ އައިސިސް އިން ރާއްޖެ ހިފުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންޑިއާ އައުޓްއޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސްގެ ސެލް ތަކުން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ އައުޓްއޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސްގެ ސެލް ތަކުން ކަމަށެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން އަދި ގިނަ ފަރާތްތަކަކުން ދަނީ މީސްމީޑިއާގައި އެކި ވާހަކަތައް ދައްކަވަމުންނެވެ. އިންޑިއާއަށް ސަރުކާރުން ގައުމު ވިއްކާލަނީ ކަމަށާއި މިގޮތަށް ކަންތައްތައްވަމުން ދާ ނަމަ އިންޑިއާއިން ރާއްޖެ ހަމަ ކޮންމެ އިރަކުވެސް ރާއްޖެ ހިފާފާނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެެވެ.

ހދ. ހަނިމާދޫ އެއާޕޯޓަށް އިންޑިއާގެ އަސްކަރީ ދެ ޑޯނިއާ ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި ވަނީ އައިސްފައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވަނީ މިއީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އަންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރު ދުއްވުމަށް ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރި ވަމުން ދާކަންވެސް ފާހަގަ ކުރެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!